ads
އެމްއެމްއޭ މައި އޮފީސް
ޓީޖީއެސްޓީ ދައްކާ ވިޔަފާރިތަކުން އަވަހަށް ރަޖިސްޓަރީވުމަށް އިލްތިމާސްކޮށްފި
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭއިން އެކުލަވައިލި އާ ގަވާއިދުގެ ދަށުން ވީހައިވެސް އަވަހަކަށް ރެޖިސްޓަރީވުމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށް އިލްތިމާސްކޮށްފި އެވެ.
Advertisement

އެމްއެމްއޭ އިން މިގޮތަށް އެންގީ ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދަށް އޮކްޓޯވަރު 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށުމާއި ގުޅިގެންނެވެ.

ރަޖިސްޓާވާނީ އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލް ގައި ވާ ރަޖިސްޓްރޭޝަން ފޯމް މެދުވެރިކޮށެވެ.

އެމްއެމްއޭގައި ރެޖިސްޓަރީ ވުމުގެ އެންމެ ފަހު ދުވަހަކީ އޮކްޓޫބަރު 30 އެވެ.

އެމްއެމްއޭ އިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ ގަވައިދަށް އަމަލުކުރަން ފެށުމާއެކު އެމްއެމްއޭ އިން މީގެކުރިން 37 ކުރިން 1 މާޗް 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ ގަވައިދު ވަނީ އުވާލާފަ އެވެ.

އެމްއެމްއޭ އިން މިހާރު އަމަލުކުރަން ފަށާފައިވާ ގަވައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހެ އެވެ.

އެގޮތުން ކެޓަގަރީ "އޭ" ގައި ހިމަނާފައިވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. މިކެޓަގަރީގެ ތަނަކުން ހިދުމަތް ހޯދާ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.

ކެޓަގަރީ "ބީ" ގައި ހިމެނެނީ ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގެސްޓް ހައުސްތަކެވެ. މިތަންތަނުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މިކަން ކުރަން ޖެހޭނީ ކޮންމެ މަހެއް ނިމި 87 ދުވަހުގެ ކުރިން ކަމަށްވެސް ގަވައިދުގައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް