ads
އެމްއެމްސީ ބައްދަލުވުމެއްގެ ތެރެއިން
'ދިޔަވަރު' ސައިޓުގައި ދޮގު ހަބަރު ހުންނަކަމަށް ބުނެ ސަމާލުވާން އެދެފި
'ދިޔަވަރު' ވެބްސައިޓުގައި ހަގީގަތާ ހިލާފު ހަބަރު ލިޔެފައި ހުންކަމަކަމަށް ބުނެ އެ ކަމަށް އާންމުން ސަމާލުވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.
Advertisement

މީޑިއާ ކައުންސިލުން ނެރުނު އެޑްވައިޒަރީއެއްގައި ވަނީ 'ދިޔަވަރު' ސައިޓުން ޝާއިއުކުރާ ލިޔުންތަކާއި ފަތުރާ މައުލޫމާތުތައް އެހެން މީޑިއާ ވަސީލަތްތަކުންނާއި މަސްދަރުތަކުން ކަށަވަރުކުރަން އެދިފައެވެ. އަދި އެ ސައިޓުން ގިނަ އަދަދެއްގެ ސައްހަ ނޫން މައުލޫމާތުތައް ފަތުރަމުންދާތީ، ދިޔަވަރު ސައިޓުގައި ހުންނަ ލިޔުންތަކާއި ކޮންޓެންޓްތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމާއި ނުފެތުރުމަށްވެސް މޯލްޑިވިސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ. 

މީގެއިތުރުން އެ ސައިޓްގައި ހުންނަ ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި، ލިޔުންތަކުގެ ލިންކު ހުޅުވައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ހަބަރު ލިޔެފައި ވޭތޯ ޔަގީން ކުރުމަށާއި ދިޔަވަރު ވެބްސައިޓަކީ ވަކި ފަރާތަކަށް ވަރަށް ބޮޑަށް ޖެހިގެން ހަބަރު ފަތުރާ ބަޔަކަށް ވާތީ އެ ކަމަށް ސަމާލުވުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ. 

އެމްއެމްސީން ބުނީ ރަޖިސްޓަރީ ނުކުރާ، އަދި ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސައިޓުތަކުގައި އުސޫލާއި މިންގަނޑަށް ނުފެތޭ ހަބަރާއި ކޮންޓެންޓް ފެތުރުމުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އަދި ނެތްކަމަށެވެ، އެހެންނަމަވެސް ރަޖިސްޓްރީ ނުކުރާ ވެބްސައިޓެއް ބްލޮކް ކުރުމުގެ ފިޔަވަޅު އަޅަން ފަށައިފި ނަމަ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ދެކޭ ކަމަށް އެ ކައުންސިލުން ބުނެއެވެ. 

މީގެ ކުރިން ސަރުކާރުންވަނީ 'ދިޔަވަރު' ވެބްސައިޓަކީ ރަޖިސްޓްރީ ނުކޮޑށް ހިންގާ ސައިޓެއްކަމުން އެ ސައިޓް ބްލޮކްވެސް ކޮށްފައެވެ. އެހެންނަމަވެސް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ހަނިކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން ފަހުން ސަރުކާރުން ވަނީ ބޮލޮކް ކުރި ކުރިން ނިމުމަކަށް ގެެނެސްފައެވެ. 

މީޑިއާ ކައުންސިލުން މިދިޔަ އޮގަސްޓްމަހު އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު މީޑިއާތަކާއި ގުޅޭ  79 ޝަކުވާއެއް ވަނީ އެ ކައުންސިލަށް ހުށައަޅާފައެވެ. މީގެތެރެއިން 74 ޝަކުވާ ހުށައަޅާފައިވަނީ ރައީސް އޮފީހުންނެވެ. 

އެމްއެމްސީގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ޝަކުވާ ހުށައަޅާފައިވަނީ ދިޔަވަރު އޮންލައިނާ ގުޅޭ ގޮތުންނެވެ. އެ ނޫހާއި ގުޅޭ 59 ޝަކުވާއެއް ވަނީ ހުށައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް