ތިން އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި 18 އަހަރާއި 16 އަހަރު އަދި 14 އަހަރުގެ ކެޓަގަރީން ވެސް ފުރަތަމަ ބުރުގެ ހީޓްތައް މިހާރުވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި އަށް އެތުލީޓުން ބައިވެރިވެފައިވެ އެވެ. ފުރަތަމަ ބުރުގައި ދެ ހީޓު ކުރިއަށް ގެންދިޔައިރު، އެއް ވަނަ ހީޓު ކާމިޔާބު ކުރީ 11 ޕޮއިންޓް ހޯދި ޔަސީން އަހުމަދު ނާޝިދެވެ.
އެންމެ ގިނަ އެތުލީޓުން ވާދަ ކުރަނީ 16 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. މި އުމުރުފުރާގެ ފުރަތަމަ ބުރުގައި ހަތަރު ހީޓެއް ކުރިއަށް ގެންދިޔަ އެވެ.