ފައިނަލްގައި ކުޅެން އޮތީ ތައިލެންޑާ ދިވެހި ރާއްޖެއެވެ. އެކަމަކު ފައިނަލް މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވިގެން، ލީގު ރައުންޑާއި ނެޓް ރަން ރޭޓަށް ބެލުމަށް ފަހު ޗެމްޕިއަންކަން، ދިނީ ތައިލެންޑަށެވެ.
ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އިންޑޮނޭޝިއާ އާއި ބޫޓާންގެ މެދުގައި ކުރިއަށްދިޔަ މި ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތަކީ، ބޫޓާންގައި ގާއިމްކުރި ފުރަތަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅުނު މުބާރާތެކެވެ.
މި ފަހަރުގެ ކުރިން، ރާއްޖޭން އެންމެ ފަހުން، އިންޓަނޭޝަނަލް ކްރިކެޓް ފައިނަލެއްގައި ކުޅުނީ 2010 ވަނަ އަހަރު ތައިލެންޑްގައި ބޭއްވި، އޭސީސީ ޓްރޮފީ ޗެލެންޖް މުބާރާތުގަ އެވެ.