ads
ގއ. ވިލިގިނލި. ފޮޓޯ: ގއ. ވިލިގިނލި ފޭސްބުކް
ގެސްޓް ހައުސްއާއި ހޮޓާ އަޅަން ވިލިގިނލިން 11 ބިމެއް ދެނީ
ގއ. ވިލިނގިލީގައި ފަތުވެރިކަމަށް ހާއްސަކުރި ސަރަހައްދުން ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްގީކުރަން 11 ބިމެއް ކުއްޔަށް ދޫކުރަން ބީލަމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
Advertisement

އެ ރަށު ކައުންސިލުން ބުނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިން ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ތަރައްޤީކޮށް ހިންގަން ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

މި ބިންތައް ކުއްޔައް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޯމު ހުށައެޅޭނީ ބިޑްގައި ރަޖިސްޓްރީވުމަށްފަހުކަމަށްވެސް އެ ރަށު ކައުންސިލުން ބުނެއެވެ. އަދި ބިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް ވިލިގިނލި ކައުންސިލުން ބުނެއެވެ. ވިލިގިނލީ ކައުންސިލުން ބުނީ ބިޑް ހުށައަޅަން ޖެހޭނީ އަންނަ މަހުގެ 12  ވަނަދުވަހުގެ 13:00 ގައިކަމަށެވެ.

ވިލިގިނލީ ކައުންސިލުން ބުނީ ބީލަމާ އެއްކޮށް އެ ލިޔުންތައް ހުށަހަޅަން ޖެހޭނީ ކައުންސިލްގެ އިދާރާގެ ރިސެޕްޝަން ނުވަތަ އިދާރާގެ [email protected] މެއިލް މެދުވެރިކޮށް ލިބޭނެކަަމަށެވެ. ބިޑާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާ ބިޑް ޑޮކިއުމަންޓް ހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައިކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް