ads
ސްޓެލްކޯއިން ގެއެއްގެ ފުރާޅުގައި ސޯލާޕެނަލް ހަރުކުރަނީ
ގެތަކަށް ސޯލާ ޕީވީ ސިސްޓަމް ދޫކުރަނީ، އަގަކީ 75،000 ހާސް
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ބޭނުންވާ ގޭބިސީތަކަށް އެ ފުރުސަތު މި މަހު ހުޅުވާލާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ދިވެހިރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަސުން ކުރާކަމެއްކަމަށެވެ. 

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިން ސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެކުލަވާލާފައިވާ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމްތައް ދޫކުރަން ނިންމާފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ސިސްޓަމް ހޯދުމަށް ބޭނުންވާ ފަަރާތްތަަކަށް އެ ފުރިސަތު މިމަހުގެ 28 ގައި ފެނަކައިން ހުޅުވާލާނެކަމަށް އެންވަރަމެންޓް މިނިސްޓްރީން ބުނެއެވެ. 

މި ޕްރޮގްރާމުގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތައްކަމަށް މިނިސްޓްރީން ބުނެއެވެ. 

ސިސްޓަމްގެ އަގުތައް

  • 3 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ  -/45،000 (ސާޅީސް ފަސް ހާސް ރުފިޔާ)
  • 5 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ  -/75،000 (ހަތްދިހަ ފަސްހާސް ހާސް ރުފިޔާ)  

މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސިސްޓަމްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާގޮތަށް ނުވަތަ 5 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓު ޕްލޭނެއްގެ ދަށުންކަމަށްވެސް އެނަވަޔަރަމެންޓުން ބުނެއެވެ. އެޑްވާންސް ޕޭމަންޓެއް ނުނެގި ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ ނަގާނެކަމަށާއި އެ ފައިސާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. 

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކރޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާވޭ ކުރުމަށްފަހުކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް