ads
ޕީއެންސީއަށް 65،000 މެންބަރުން ހަމަވުން ފާހަގަކުރަން މިއަދު ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ ޕީއެންސީ
ޕީއެންސީއަށް މެމްބަރުން އިތުރުވަނީ ރައީސްގެ ހެޔޮ ހުލްގުގެ ސަބަބުން: މެންބަރު އިސްމާއިލް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުވަމުންދަނީ ރައީސް މުއިއްޒުގެ ހެޔޮ ހުލްގާއި ތެދުވެރިކަމުގެ ސަބަބުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ހެނދުނު ޕީއެންސީގެ ކޮންގްރެސް ހަރުގޭގައި ފެށުނު މެމްބަރޝިޕް ޑްރައިވްގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ދުށް ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެ ފުރިހަމަކޮށް ހިދުމަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ރައީސަކީ ރައީސް މުއިއްޒު ކަމަށް ދިވެހިން ގަބޫލުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތަށް މަޖުބޫރުކޮށްގެން ޕީއެންސީއަށް މެމްބަރުން ވައްދާ ކަމުގެ ވާހަކަތައް އިސްމާއިލް ދޮގުކުރެއްވި އެވެ. އަދި "އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް" ވިދާޅުވި އެވެ.

މިއަދުގެ މެމްބަރޝިޕް ޑްރައިވް ހަރަކާތް ކުރިއަށްދަނީ ހަތް ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. މި ހަރަކާތުގައި ޕާޓީގެ އާންމު މެމްބަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެ، ދާއިރާތަކުގެ ގޭގެއަށް ޒިޔާރަތްކޮށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އޮއްސުމާ ހަމައަށް ކުރިއަށްދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް