މަޝްހޫރު އެކްޓަރު އާމިރު ހާންގެ ދެބޭންގެ ދެދަރި ބޭބެ، ތާރިގު އަލީ ހާން ވަނީ 12 ފިލްމުގައި މުހިންމު ރޯލުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ޔާދޯން ކީ ބާރާތް" އަދި "ހަމް ކިސީސެ ކަމް ނަހީން" ފަދަ މަގުބޫލު ފިލްމުތައް ހިމެނެއެވެ. އޭރު އޭނާއަކީ އަމީތާބު ބައްޗަން، ރާޖޭޝް ކަންނާ އަދި ދަރުމޭންދުރާ ފަދަ ބޮޑެތި ތަރިންނާ ވާދަކުރި އެކްޓަރެކެވެ.
އާމިރު ހާން މިހާރު ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ދާއިރު، ތާރިގު އަލީ ހާން ވަނީ ފިލްމީދާއިރާއިން މުޅިން ދުރަށް ގޮސް، އެހެން ދިރިއުޅުމެއް އިހުތިޔާރުކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ މުންބާއީގެ ޝިޕިން ކުންފުންޏެއްގައި ސުޕަވައިޒިން އެގްޒެކެޓިވްއެއްގެ މަގާމުގައެވެ.