ޕާސްޕޯޓެއްގެ ސައިޒަށް ހުންނަ މި ޑުއޯ ހުޅުވާލުމުން 7.6 އިންޗީގެ ޑިސްޕްލޭއެއް ފެންނަން ހުންނާނެ އެވެ. އަދި ފަތްޖަހާފައި އޮންނަ ވަގުތު ބޭނުންކުރުމަށް ކުޑަ ބޭރު ސްކްރީނެއް ވެސް ހިމަނާފައިވެ އެވެ.
އޮކްޓޯބަރު 23 އިން ފެށިގެން 70 ގައުމެއްގައި މި ފޯނު ވިއްކަން ފަށާނެ ކަމަށް އެޕަލްއިން ބުންޏެވެ.
އެޕަލްއިން ވަނީ މި ފޯނުގައިވާ ކެމެރާތަކުގެ ވާހަކަ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރުން ކުރިމައްޗަށް އިންނަ ކެމެރާއަކާއި، ފަހަތުގައިވާ ދެ ކެމެރާގެ އިތުރުން އެތެރޭގެ ކެމެރާއެއް ހިމެނެ އެވެ. ފޯނު މުޅިން ހުޅުވާލައިގެން އުޅޭއިރު މި ކެމެރާތައް އެއްފަހަރާ ބޭނުންކުރެވޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;