ads
ދަރިފުޅު
ދަރިފުޅު - 52 ވަނަ ބައި
އެޕިސޯޑް 52
Advertisement

"ކައިރާ.. ކައިރާ ގެންގުޅެ ބޮޑުކުރީ ކައިރާގެ ހަގީގީ މައިންބަފައިންނެއް ނޫން.. ކައިރާގެ މަންމައާއި ބައްޕަ ނިޔާވީ މާލެއާއި ގުޅިއާއި ދެމެދު ހިނގި ކަނޑުމަތީ ހާދިސާއެއްގައި.. އެއީ ފަސް ފުރާނަ ގެއްލުނު ބިރުވެރި އަދި ހިތާމަވެރި ހާދިސާއެއް.. ކައިރާގެ އުމުރުން އޭރު އަށް މަސް..  އެންމެ އަށް މަހުގައިވެސް ކައިރާއަކީ ޗެމްޕިއަނެއް..! އޭރުގެ ނޫސްތަކުގައި އެ ހާދިސާގެ ވާހަކަތަށް ވަނީ ލިޔެފައި.. މުޅި ދިވެހިރާއްޖެ ހައިރާންކޮށްލީ އެ ހާދިސާގައި ފުރާނަ ސަލާމަތްވި މަދު މީސްކޮޅުގެ ތެރޭގައި އުމުރުން އެންމެ އަށް މަހުގެ، ކައިރާ ބައްސާމް އަބްދުﷲގެ އަޖައިބެއް ފަދަ ހިތްވަރު.. ޔެސް ބޭބީ ގާރލް... ތިއީ ކައިރާ ފާތިމާ ޔަހުޔާ މޫސާ އެއް ނޫން.. ފުރިހަމަ ނަމަކީ، ކައިރާ ފާތިމާ ބައްސާމް އަބުދުﷲ.." 

އަހަރެން ނިއުޅުވަމުން ދިޔަ ފީތާއިން ސާފުވަމުންދިޔަ އަޑުތަކަކީ ކައިރާގެ ކަންފަތަށް ފަސޭހަ ޖުމުލަތަކެއް ނޫންކަން އެނގެ އެވެ. އުނދަގުލަސް، މި ވާހަކަތަށް ކައިރާ އަޑުއަހަންވާނެ އެވެ.

"ކުޑަކުޑަ ކައިރާއަށް ކިތަންމެ ގިނައިން ލޮނު ބޮވިފައި ވިޔަސް، ޑޮކްޓަރުންގެ ކުޅަދާނަ މަސައްކަތާއެކު ކައިރާ ސަލާމަތް ކުރެއްވުމަކީ ﷲތައާލާގެ ރަހްމަތްފުޅު.... ޔަހުޔާ އަކީ ކައިރާ ބައްޕަ ފަރާތު ބޮޑު ބޭބެ.. ކައިރާގެ މަންމަ ކަމަށް ހެދިގެން އުޅުނު ނުސޭބާއަކީ ބޮޑުބެގެ  އަނބިމީހާ.. އޭނާއަކީ އެންމެ ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް..! އެއީ ކައިރާގެ މަންމައެއް ނޫން.. ކައިރާގެ ހަގީގީ ބައްޕައަކީ ފައިސާއާއި މުދަލުގެ ގޮތުން ތަނަވަސް މީހެއް.. އެ ހުރިހައި މުދަލަކާއި ފައިސާ އެމީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ވެރިކުރީ، ދަހިވެތި ވަކީލެއްގެ މަކަރުވެރި ރޭވުމެއްގެ ދަށުން.. ކުރިމަތިވި ނުރައްކާތެރި ހާދިސާގެ ހިޔަނީގައި ދައުލަތުގެ މުއައްސަސާތަކަށް ދަޅަދައްކައިގެން ހިތާމަވެރި އެ ހާދިސާގެ ނަމުގައި ކައިރާގެ ބަލަދުވެރިކަން އެމީހުން އަމިއްލަ ކުރީ، ކައިރާގެ މައިން ބަފައިންގެ މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި.. ކައިރާގެ މަންމަ އާއި ބައްޕައަކީ ވަރަށް ފިސާރި، ބުރުސޫރަ ރީތި ހުލްގު ހެޔޮ ދެމީހުން.. ދެމީހުންގެ ރީތިކަން އެއް ނަފުސަކަށް މިންވަރު ކުރެއްވުމުން، ހަސަދަވެރިންގެ ހަމަލާތަށް ނުރައްކާ ވާނެ.. އެކަމަކު ﷲތައާލާގެ ނިޔާ، މާ މަތިވެރި! އެމީހުންގެ ކިބައިން އަހަރެންގެ ކައިރާ ސަލާމަތްކުރެއްވި.. އަލްހަމްދު ލިއްލާހި.. ކައިރާ ބޭނުން ނަމަ، ކައިރާގެ ހުރިހައި ހައްގެއް ހޯދައި ދިނުމަށް އަހަރެން ތައްޔާރު.. އެކަމަކު އިން ޝާ ﷲ، އަހަރެންނަކީ މުދަލާއި ގެ ދޮރާއި ފައިސާ ނެތް މީހެއް ނޫން.. އަހަރެންގެ ކޮންމެ އެއްޗަކީ ކައިރާގެ އަމިއްލަ މިލްކެއް.. މިކަމުގައި ގޮތް ނިންމާނީ ކައިރާ..!" 

އަޑުއަހަން ކިތަންމެ އުނދަގޫ ވިޔަސް، ހަގީގަތް ބުނެދޭން މިރޭ އަހަރެން ބޭނުމެވެ. މައުސޫމް ހިތަކަށް ކެތްކުރެވޭނީ ވަކި މިންވަރަކަށެވެ. އެކަން އަހަރެންވެސް ދެނަހުރީމެވެ. ނަމަވެސް އެތަށް ފަހަރަކު ރޮއްވުމަށް ވުރެން އެއް ފަހަރާއި މި ހިތްދަތިކަން ތަހަންމަލްކޮށް ނިންމާލުން ރަގަޅުކަމަށް އަހަރެންގެ ޒަމީރު ބުނެދިނީ އެވެ. އަހަރެންނާއެކު ކައިރާ ހުރެއްޖެނަމަ، ދުނިޔޭގެ ކޮންމެ ފަދަ ތޫފާނަކާވެސް ކުރިމަތިލުމުގެ ހިތްވަރު ހޯދައިދޭނަމެވެ. 

ވަރަށް ހިތްވަރުކޮށްފައި މަޑުމަޑުން ކޯތާފަތުގައި ފިރުމާލީމެވެ. ކަރުނަ ފޮހެލުމަށެވެ. ހިތުގައި އަޅާނެ ވޭނާއި މޭގައި ޖަހާނެ ގަދަ ވިންދު އަހަރެން ދެނަހުރީމެވެ. ސިކުނޑިއަށް ކުރާނެ ބާރުވެސް އަންދާޒާކުރެވެ އެވެ. 

"ލެޓް މީ ހޯލްޑް ޔޫ ޕްލީޒް" ވައިރޯޅިއަށްވެސް ސިއްރުން މަޑުމަޑުން  ބުނެލީމެވެ. ހަގީގަތުގައިވެސް އަހަރެންގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލުމަށް ނުހަނު ބޭނުމެވެ. 

ކައިރާގެ ބަރު އެސްފިޔަތަށް ލައްޕާލާފައި ކަރުނަތަށް ބުރުވާލި އެވެ. މަޑުމަޑުން ދެ އަތް އުފުލާލީ އަހަރެންގެ އެހީތެރިކަމަށް އެދި އެވެ. ހަމަ އެ ސިކުންތުގައި އުނގަނޑުގެ ދެ ފަރާތުން ހިފަހައްޓާފައި ގެނެސް އަހަރެންގެ މޭގައި ތަތްކޮށްލީމެވެ. ދެ އަތުގައި ހުރި ބާރެއްލާފައި ލޯބި ހަށިގަނޑުގައި ބައްދާލީމެވެ. 

"އައެމް ސޮރީ.. އައެމް ސޮރީ ޕްރިންސެސް.. މި ހިތްދަތި އިބާރާތްތަކާއި ޒަހަރަށްވުރެން އަނިޔާވެރި ހާދިސާތަކާއި އެ ނުބައި ރޭވުމުގެ ވާހަކަތައް އަޑުއިއްވަން ޖެހުނީތީ ސޮރީ.. އެމީހުންގެ އަނިޔާވެރިކަމުގެ ހިޔާލުތަކުންވެސް އަބަދައްޓަކައި ކައިރާގެ ނަފުސު މިންޖު ކުރަން އަހަރެން ބޭނުން.. މި އަޑުތައް އަހާފައި ހަގީގަތްވެސް އެނގިގެން ނޫނީ، އެއިގެން އަރައެއް ނުގަނެވޭނެ.." ލޮބުވެތިކަމާއެކު ފިރުމަމުން އަހަރެން ހިތްވަރު ދިނީމެވެ.

"އެއީ އަހަރެންގެ މައިންބަފައިންނެއް ނޫން..؟" އެއީ ސުވާލެކެވެ. އޮޅުން ފިލުވުމަކީ ދަރިއެއްގެ ހައްގެކެވެ. ކައިރާ އެކުރީ އެމަސައްކަތެވެ. 

"ނޫން.. އެއީ ކައިރާގެ މައިންބަފައިން ނެއް ނޫން.. ކައިރާ ބޭނުމިއްޔާ ޑީއެންއޭ ޓެސްޓްވެސް ހަދުވާނަން.." އަހަރެން މި ބުނި އެއްޗެއް މިވަގުތު ކައިރާއަށް މުހިއްމެއް ނުވި އެވެ. އިތުރު ސުވާލެއް އެކުރީ އެހެންވެ އެވެ.

"އެއްވެސް މީހަކު އަހަރެން ރޭޕް ނުކުރޭ..؟" އަޑުބެދިފައި ވިޔަސް ނުހަނު އުނދަގުލުން އެ ސުވާލު  ކުރި އެވެ. އަހަރެންގެ ދެ ލޮލުގެ ކަރުނައެއް ނުހިފެހެއްޓުނެވެ. ކައިރާ އުފުލާފައި ވާނެ ވޭން އަންދާޒާ ކުރާން އަހަރެންގެ ހިތާއި ނަފުސަށް ކުޅަދާނަ ނުވާނެކަން އިހްސާސްވުމުން ބިރުވެސް ގަތެވެ.

"ނޯ ސްވީޓްހާޓް.. އެފަދަ އެއްވެސް ކަމެއް ހިނގާފައެއް ނެތް.. އެމީހުން ކައިރާ ވިއްކާލަން ބޭނުންވީ 'ބިކުރުވެރި' ކުއްޖެއްގެ ގޮތުގައި.. އެކަމަކު ކައިރާއަށް ދެއްކީ މުޅިން އެހެން ހަގީގަތެއް.. އެއީ ކައިރާއަށް އޮޅުވާލުމަށާއި އަމިއްލަ ނަފުސުގެ އިތުބާރު ނެތިކޮށްލައި، ދެން ދުނިޔޭގައި އުއްމީދެއް ނެތް ކަން ގަބޫލުކުރުވުމަށް ކުރިކަމެއް.. އައެމް ސޮރީ ޕްރިންސެސް.. އެވަރުގެ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އަމިއްލަ ނަފުސަށް ލައުނަތް ދެމުން، މިހައިތަނަށް މުޅި އުމުރު ތި ހޭދަކުރީ ލަދުވެތިކަމުގެ ފަރުދާގެ ތެރޭގައި ފޮރުވިގެން.. އެކަމަކު ތިއީ ފެން އާރަކުން ފައިބާ ސާފު ފެން ފޮދެއް ފަދަ ތާޒާ އަންހެން ކުއްޖެއް!" 

އަހަރެންގެ އަޑުވެސް ބެދެނީ އެވެ. ނަމަވެސް ކައިރާއަށްޓަކައި ހިތްވަރުކުރީމެވެ.

"އެއްވެސް ފިރިހެނަކު އަހަރެންގެ ގައިގައި ބީހިފައި ނުވޭ..؟" އަނެއްކާވެސް ހިތި ސުވާލެކެވެ. އަހަރެން ޖަވާބު ދިނީމެވެ.

"އެމީހުން ވަރަށް މަސައްކަތް ކުރި.. އެކަމަކު ކާމިޔާބެއް ނުވި.. ތިއީ ބަގީޗާގައި ތާޒާކަމާއެކު ފަރިވެ ފޮޅިފައި އިން މަލެއް، ކިތަންމެ މާބުރެއް ތިމާ ވަށައިގެން ބުރު އެޅިޔަސް، ފޮނި ބޮވޭނެ ގޮތެއް ނުވި.." އަހަރެންގެ ޖުމުލައިގެ މާނައަކީ ކޮބައިކަން ކައިރާއަށް އިނގޭނެ އެވެ. 

"އަހަންނަކީ ހަށިވިއްކި އަންހެނެއް ނޫން..؟" ނުހަނު އުނދަގުލުން ކައިރާގެ ދުލުން ބޭރުކުރަމުން އެދަނީ އެމީހުންގެ ވިހަ އިލްޒާމްތަކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;