ފައިހާ އަކީ 2020 ވަނަ އަހަރުން ފެށިގެން މުހްޔިއްދީން ސްކޫލުގައި މަސައްކަތް ކުރަމުން އައި ޓީޗަރެކެވެ. އޭނާ އަކީ ދަރިވަރުންގެ ލޯބި ލިބިފައިވާ، އަދި މީހުންނާ ގުޅުން ބަހައްޓަން ދަންނަ ހިތްހެޔޮ ޓީޗަރެއް ކަމަށް ސްކޫލުން ބުނެއެވެ.
ފައިހާ ނިޔާވުމާ ގުޅިގެން މުހްޔިއްދީން ސްކޫލުގެ ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ނަމުގައި ތައުޒިޔާ ކިޔާފައިވެއެވެ.
އުމުރުން 25 އަހަރުގެ ފައިހާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީކޮށްފައެވެ.