ads
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިން އަބްދުއްރައްމާން
ރައީސް މުއިއްޒުގެ ބައްޕާފުޅަށް ހައި ކޯޓުގެ އެވޯޑެއް ލިބިވަޑައިގަންނަވަނީ
ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިން އަބްދުއްރައްމާނަށް އެވޯޑެއް ދިނުމަށް ހަމަޖެހިއްޖެއެވެ.
Advertisement

ޝައިހް ހުސެއިން އަވަހާރަވެފައިވާތީ އޭނާގެ އެވޯޑު ހަވާލުކުރާނީ އާއިލާއާއެވެ. އަދި އަވަހާރަވެފައިވާ ފަނޑިޔާރުންގެ އާއިލާތަކަށް އެވޯޑު ހަވާލުކުރެވޭނެއެވެ.

އަބްދުއްރައްމާނަކީ 1944 ވަނަ އަހަރު ރ. ވަށަފަރުގައި އުފަންވެވަޑައިގެން، ދިވެހިރާއްޖޭގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި ދީނީ އިލްމުވެރިއެކެވެ. 2013 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ވަހީދު ހަސަން ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށާއި ދީނީ ތައުލީމަށް ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރައްވައި ގައުމީ އިނާމު އެ މަނިކުފާނަށް ދެއްވާފަ އެވެ. އަބްދުއްރައްމާނަކީ އަވަހާރަވުމުގެ ކުރިން ދިމިޔާތު ގެސްޓްހައުސްގެ ވެރިފަރާތް ވެސް މެ އެވެ

މި އެވޯޑަކީ ހައި ކޯޓުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ އަގު ވަޒަން ކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑު ހަވާލު ކުރައްވާނީ އިސްފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

މިރޭ އަށް ޖަހާއިރު ބާއްވާ މި ހަފުލާގައި ހައި ކޯޓުގައި ހިދުމަތް ކުރެއްވި އެހެން ފަނޑިޔާރުންނަށް ވެސް އެވޯޑު ދެއްވާނެ އެވެ. 

މި ހަފުލާގައި އެވޯޑާ އެކު ގައުނެއް ވެސް ދެއްވާނެ އެވެ. އަދި ހަފުލާގައި ހައި ކޯޓުގެ އިސްތިރާޖީ އަމަލީ ތަދުބީރު ލޯންޗު ކުރުމުގެ އިތުރުން، ދައުލަތަށް ހިދުމަތް ކުރުމުގައި ގައިމީ އިނާމު ލިބިފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުން ވެސް އޮންނާނެ އެވެ.

ހަފުލާގައި ޝަރުއީ ދާއިރާގެ އިސްވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހައި ކޯޓުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް