ޑްރަގް ގެނައި ދެމަފިރިންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި
އަހުމަދު ހަސަން
26 އޮކްޓޯބަރ 2024 - 15:22:52
ރާއްޖެއަށް ދެ ކިލޯގެ ހެރޮއިން އެތެރެކުރި އިންޑިޔާ ދެ މީހުންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި އިންޑިޔާ ދެ މަފިރިންގެ ބަންދަށް ކޯޓުންވަނީ ނުވަ ދުވަސް ޖަހާފައެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެ ދެ މޫހުންގެ ބަންދު އިތުރު ކުރިއެވެ.
ޑްރަގާ އެކު އަތުލައިގެން އިންޑިއާ ދެ މަފިރިންނަކީ 41 އަހަރުގެ މުހައްމަދު ޝޯއިބް އަދި އޭނާގެ އަންހެނުން އުމުރުން 38 އަހަރުގެ އައިޝާ އެވެ.
މި ދެމީހުން ރާއްޖެއަށް އެތެރެކުރި ހެރޮއިންގެ ބަރުދަނުގައި 2.05 ކިލޯ ހުރިކަމަށް ކަސްޓަމުން ބުނެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގަކީ2.5 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް