ads
ތަކުރާރުކޮށް ޑްރަގު އެތެރެކުރާކަމަށް ތުހުމަތުކުރެވޭ އަބްދުﷲ ސާދިގު
ޑްރަގު އެތެރެކުރާ ދުވަސްވީ މީހާ، މިނިވަންވުމުން އަނެއްކާވެސް ކުރީ އެކަން
ރާއްޖެއަށް ތަކުރާރުކޮށް ޑުރަގު އެތެރެެކުރާކަމަށް ތުހުމަތުކުރެވޭ އުމުރުން ދުވަސްވީ މީހާ އަނެއްކާވެސް ޑްރަގާއި އެކު އަތުލައިގެންފިއެވެ.
Advertisement

މި މީހަކީ އައްޑޫ ސިޓީ ހިތަދޫ ވެހެތާނުގޭ އުމުރުން 65 އަހަރުގެ އަބްދުﷲ ސާދިގުއެވެ. 

ލަންކާމަގުން ރާއްޖެއަށް މަސްތުވާތަކެތި ވައްދަނިކޮށް މިދިޔަ މަހުގެ 16 ވަނަދުވަހުވެސް މި މީހާވަނީ ކަސްޓަމުން އަތުލައިގެންފައެވެ. އެ ފަހަރު ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަސް ހަމަވެ މިނިވަން ވުމުން އަނެއްކާވެސް މި މީހާ ޑުރަގު އެތެރެކުރަނިކޮށް މިވަނީ އަތުލައިގެންފައެވެ. 

މި ފަހަރުވެސް މި މީހާ އަތުލައިގަތީ ރާއްޖެއިން ބޭރުން އައި އިރު ރާއްޖެއަށް ޑުރަގު ވައްދަން މަސައްކަތް ކުރަނިކޮށެވެ. އޭނާ ރާއްޖެއައި އިރު ގެނައި ލަގެޖުގައި އޮތް މާ ޖަހާފައިވާ 3 ވާސްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 4 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެ ތަކެތި ޓެސްޓު ކުރުމުން ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެއެވެ.

މި ފަހަރު މީނާ އަތުން އަތުލައިގަން ހިރޮއިންގެ ބަރުދަނުގައި 270 ގްރާމް ހުރިއިރު، ކުރިން ފަހަރުވެސް މި މީހާ ހައްޔަރުކުރީ 3.49 ގްރާމުގެ ހެރޮއިންނާއެކުއެވެ. މި ފަހަރު މި މިހާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެކްސްކުރި އިރު ޕޮޒިޓިވްވެފައިވާކަމަށްވެސް ކަސްޓްމްސް އިން ބުނެއެވެ. 

މި މީހާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ބަންދަށް އަނެއްކާވެސް ވަނީ 15 ދުވަސް ޖަހާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް