ކާވާ މުބާރާތް އޮތީ އުޒްބަކިސްތާނުގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ހަ ގައުމަކުން ވާދަކުރިއެވެ. ހަ ގައުމު ވާދަކުރި މި މުބާރާތުން ރާއްޖޭން ފަސް ވަނަ ހޯދިއިރު، މޮޅުވީ ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުންނެވެ. އެއީ، ލީގު ބުރުގެ ފަހު މެޗުން ތަޖިކިސްތާން އަތުންނާއި ރޭންކިން މެޗުގައި ތަޖިކިސްތާން އަތުންނެވެ.
ރާއްޖޭގެ ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ކުޅުނު ކުޑަކާއްޓެ ވަނީ އިންޑިވިޖުއަލް ކުޅުންތެރިންގެ ރޭންކިން، (ސްޕައިކް، ބްލޮކް އަދި ސާވް) އަށް ބަލާއިރު އެއްވަނަ ހޯދާފައެވެ. ކުޑަކާއްޓެ އަށް ވަނީ، ސްޕައިކަށް 99 ޕޮއިންޓް، ބްލޮކް އަށް ނުވަ ޕޮއިންޓް އަދި ސާވް އަށް ލިބުނު ދެ ޕޮއިންޓާ އެކު، ޖުމްލަ އެކު، 110 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް، ތުރުކުމެނިސްތާން ކުޅުންތެރިއެކެވެ.