ރާއްޖެއަށް މި މުބާރާތުން ދެވަނަ ލިބުނުއިރުމުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އަޒްޔާން ވަނީ 184 ލަނޑު ހަދައިފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކެންސަލްކޮށް ތައިލެންޑަށް ޗެމްޕިއަންކަން ލިބުނީ ވިއްސާރަ ވެގެން މެޗު ނުކުޅެވުމުން، ކުރީގެ ނަތީޖާތަކަށް ބަލައިގެންނެވެ.
ބޫޓާން މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ އިތުރުން މުޅި މުބާރާތުގައި އެންމެ ގިނައިން ހަޔަކަށް ޖެހި ބެޓްސްމަނަކީ ވެސް އަޒްޔާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޫޓާންގެ ރަންޖަންގް މިކިއޯ ޑޯޖީ އެވެ. އެންމެ މޮޅު ވިކެޓް ކީޕަރަކަށް ހޮވުނީ ބޫޓާންގެ ޝެރިން ޓަށީ އެވެ. އަދި އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ ތައިލެންޑްގެ ޖަންޑްރޭ ކޯއެޓްޒީ އެވެ.