ޗައިނާގައި ކުރިއަށްދާ ކޮލިފައިން މެޗުތަކުގައި ޗައިނާ އަތުން ދިވެހި ޒުވާން ޓީމު ބަލިވީ ނުވަ ލަނޑު ސުން ލަނޑުންނެވެ. ރާއްޖެ އިން ވަނީ ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ އެއްވަރުކޮށްފަ އެވެ. ދެވަނަ މެޗުގައި ބަހްރެއިން އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ރާއްޖެ އިން އުންމީދީ ކުޅުމެއް ދެއްކި އެވެ. ތިން ވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވީ 13 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެފައިވާއިރު، ރާއްޖެ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.