ads
ބަހުގެ ދަރަޖަތައް އޮޅުނީ ޑިމޮކްރަސީ ދަތުރުގައި: އާދަމް ޝަރީފް
ބަހުގެ ދަރަޖަތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް ކުރި މަސައްކަތުގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ށ. އަތޮޅުގެ ސުކޫލުތަކަށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ ވާހަކަދެއްކުމުގެ މުބާރާތް ނިންމމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

އާދަމް ޝަރީފު ވިދާޅުވީ ބަހުގެ ދަރަޖަތަކީ މުހިންމު ނޫން ބައެއް ކަމަށް އަޑުތައް ފަތުރާ، އެ ސިޔާސަތު ފަތުރާ ހިންގުމަކީ، ދަރަޖަތަކަށް ނުހަނު ބޮޑު ހީނަރު ކަމެއް ލިބުނު ކަމެއްކަމަށެވެ. އަދި ބަހުގެ ދަރަޖައަކީ ބޭނުންމެއް ނެތް އެއްޗެއް ކަމަށް އޭރުވެސް، މިހާރުވެސް ވަކާލާތުކުރާ ބަޔަކު މިރާއްޖޭގައި ތިބުމަކީ، ބަހުގެ ދަރަޖަތައް އޮޅި މި ހާލަތަށް ދިޔުމަށް ކުރިމަތިވި ސަބަބުކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ބަހުގެ ދަރަޖަތައް މުހިންމު ވަނީ ބަޔަކަށް ހަމައެކަނި މަތިވެރި މަޤާމެއްދޭން އެކަނި ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބަހުގެ ދަރަޖަތައް ނުހިފައްޓައިފިނަމަ މީހުން ދައްކާ ވާހަކަތައް ފަހުމުވުމުގައިވެސް އޮޅުންތަކެއް އަރާނެ ކަމަށެވެ.

މިނިސްޓަރު ވަނީ ސްކޫލްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ބަހުގެ ދަރަޖަތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ގޮވާލާފައެވެ. އަދި އެކަމުގެ ސަބަބަުން މާދަމާ ޤައުމުގެ ބޮޑެތި މަޤާމުތަކާ، ވަޒީފާތަކާ، މިއަދުގެ ކިޔަވާކުދިން ހަވާލުވާ އިރު، އަޑުއަހަން ތިބޭ މީހުންނަށް ބަހުގެ ދަރަޖަތައް އެނގިގެން ކުރިއަށްދާތަން ވަރަށް ފަސޭހައިން ފެންނާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް