ads
ފޮރިން މިނިސްޓްރީ
އިސްރާއީލުން އީރާނަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި
އިސްރާއިލުން އީރާނަށް ވައިގެ މަގުން ދިން އުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
Advertisement

އިޒުރޭލުގެ ދިފާއީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނަށް ދިން ހަމަލާތައް ވަރަށް ކާމިޔާބެވެ. އަދި އެއްވެސް ހަމަލާއެއް އަމާޒުން ކައްސާލާފައި ނުވާ ކަމަށް ވެސް ބުންޏެވެ. 

މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް މިހާތަނަށް އާންމުނުކުރި ނަމަވެސް އީރާނުން ބުނެފައިވަނީ އެކަށީގެންވާ ގޮތެއްގައި އެ ހަމަލާތަކުން ދިފާއުވެވުނު ކަމަށެވެ. އަދި ގެއްލުން ކުޑަކުރެވުނު ކަމަށެވެ. 

ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ އިސްރާއިލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމަށާއި، ސަރަހައްދީ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިލުމަށް ރާއްޖޭން އިސްރާއިލަށް ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބައިނއަލްއަގުވާމީ މުޖުތަމައަށް ވެސް ވެސް ސަރުކާރުން ގޮވާލައިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް