ރޭ ދަންވަރު މާޒިޔާ، އެ ޓީމުގެ ފުރަތަމަ މެޗުގައި ބަލިވީ، ތުރުކުމެނިސްތާން ޗެމްޕިއަން، އަކްރަޑަގް އަތުންނެވެ. މި މެޗުން މާޒިޔާ ދެ ލަނޑު އެއް ލަނޑުން ބަލިވީ، މާޒިޔާއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް އަކްރަޑަގުން ޖެހި ދެ ލަނޑާއެކުއެވެ. މާޒިޔާ އިން ލީޑުނެގީ އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޖޮނަތަން ކަންޓިއާނާ ޖެހި ގޯލުންނެވެ.
ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ އަލް އަރާބީއާ ދެކޮޅަށެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި، ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ ވަނީ، 1-0 އިން ކުވެއިތު އަލް އަރާބީ އަތުން މޮޅުވެފަ އެވެ.