ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާ
ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުޅިވަރު މުހިއްމު: މާރިޔާ
ކުޅިވަރުގެ ތެރެއިން ކުދިނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުވާ، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ބައެއް ހުނަރުތައްވެސް ދަސްވެގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެންވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ، ދަރިވަރުންގެ ޔުނިއަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމު ކަމެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ކިޔެވުމާއި އެކުއެކީގައިހެން ކުޅިވަރު ކުޅުމަކީ އުގެނުމަށް ކުދިންނަށް ލިބޭނެ ވަރަށްބޮޑު އެހީއެއްކަމަށެވެ. 

އެގޮތުން ކުޅިވަރުގެ ތެރެއިން ކުދިނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުވާ، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ބައެއް ހުނަރުތައްވެސް ދަސްވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޅިވަރުގެ ސަބަބަބުން ތިކުދިން ޓީމްތައް އުފައްދާ އެކި ސްޕޯޓްމަންޝިޕް ފަދަ ހުނަރުތައް ދަސްވޭ. އަދި މި ފަރިތަކުރުންތަކުގެ ތެރެއިން ތިކުދިންވާނީ މިކަހަލަ ހުނަރުތައް ދަސްވެފަ. ތިކުދިންގެ ތެރޭގައި ވާނެ ކޮންމެ ޓީމެއްގެ ތެރޭގައިވެސް ދެތިން ލީޑަރުން. އެއްކުއްޖަކީ ޓީމް ލީޑަރު އަނެއްކުއްޖަކުވެދާނެ ޖޯޒީ ފަރުމާކުރާކުއްޖެއްކަމަށްވެސް" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ފަދަ ބޮޑު މުބާރާތެއް ދެ ޖިންސަށް ހަމަހަމަކަމާއި އެކު ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަކީ ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށާއި، އުންމީދަކީ އެ މުބާރާތުން އެކުދިންނަށް އެކި ހުނަރުތައް ދަސްވެ، ގުޅުންބަދަހިވެގެން ދިއުންކަމަށެވެ.

މި މުބާރާތުގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން މިއަހަރު 30 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ 12 ޓީމާއި ފިރިހެން ޑިވިޝަންގެ 18 ޓީމެވެ. އަދި މުބާރާތް ހިނގަމުންދާނީ 24 އޮކްޓޫބަރުން 10 ނޮވެންބަރުގެ ނިޔަލަށެވެ.

މަތީ ތައުލީމު ދޭ މުއައްސަސާތަކުގެ މުވައްޒަފުންނާ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އިދާރީ މުވައްޒަފުންގެމެދުގައި އިޖްތިމާއީ ރޫހާއި ގުޅުން ގާއިމުކޮށް އާލާކުރުމަށް ސިލްސިލާގޮތެއްގައި ބާއްވާ މި މުބާރާތަށް ކޮންމެއަހަރުވެސް އާންމުންގެ ސަމާލުކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް