ވެސްޓްހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
ސްޕޯޓްސް ޓީމް
27 އޮކްޓޯބަރ 2024 - 22:43:56
ޕްރިމިއާ ލީގުގައި ވެސްޓްހަމް އަތުން ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެއެވެ.
ޔުނައިޓެޑު، އާދިއްތަ ދުވަހުގެ ރޭ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ބައްޔާއެކު، ކޯޗު ޓެން ހޭގުގެ މަގާމާ މެދުވަނީ ސުވާލު އުފެދިފައެވެ.
ލީގުގައި ކުޅުނު ނުވަ މެޗުން ހަތަރު ވަނަ ފަހަރަށް ބަލިވުމުން ރެޑް ޑެވިލްސްގެ ނަސީބު އަނބުރާލުމަށް ޓެން ހޭގަށް ދެން ބާކީ އޮތީ ކިތައް ދުވަސްކަމެއް ނޭގެއެވެ.
ޔުނައިޓެޑު ބަލިވި މި މެޗުގައި އެ ޓީމުން ޖެހި ލަނޑު، މެޗު ނިމެން ނުވަ ވަރަކަށް މިނިޓަށް ވެފައި ހުއްޓާ ޖެހީ ކަސަމީރޯއެވެ. އެކަމަކު ވީއޭއާރުން ދިން ޕެނަލްޓީ އަކާ އެކު ޔުނައިޓެޑު ބަލިވީއެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް