ads
ހޯކްސް ބޯޓެއްގައި ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ސިނގިރޭޓްތައް
8،450 ކާޓަން ސިނގިރޭޓް، އަތުލަގަތީ ތިލަފުށްޓަށް ބާލަނިކޮށް
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމުން އަތުލައިގެންފިއެވެ.
Advertisement

ކަސްޓަމުން ބުނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅުނުކަމުގެ މައުލޫމާތުި ލިބުނުކަމަށެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

އެ އިދާރާއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މިތަކެތި ތިލަފުއްޓަށް ގެންގޮސް ބެލީ ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓުޔާޑަށްކަމަށާއި އެތަނުން އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޓްރަކަކަށް އަރުވައިގެން އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕަށް ގެންދިޔަކަމަށް ކަސްޓަމްސްއިން ބުނެއެވެ. 

"މިހާތަނަށް 'ހޯކްސް ބޯޓްޔާޑް' ބަލައިފާސްކުރުމުން، އެ ތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފައި. މި ސިނގިރޭޓްތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައި." ކަސްޓަމުން ނެރުނު ބަޔާނުގައިވެެއެވެ. 

މި އަދަދަށް ބަލާނަމަ މީ 8،450 ކާޓަން ސިނިގިރޭޓްއެވެ. ވަކި ވަކި ފޮށިން ބަލާނަމަ މީ 84،500 ފޮއްޓެވެ.

ކަސްޓަމްސް އިން ބުނީ މިހާރުވެސް މި އޮޕަރޭޝަން ކުރިޔަށްދާކަމަށެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ހޯކްދސް ބޯޓް ޔާޑާއި އެތަނުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕަށް ބަލަމުން އަންނަކަމަށް ކަސްޓަމުން ބުނެއެވެ. އެ އދާރާއިން ބުނީ އަދިވެސް އިތުރު އަދަދަކަށް ސިނގިރޭޓް ހުރިކަމަށް ބެލެވޭކަމަށެވެ. 

ހޯކްސް ޕްރައިވެޓް ލިމިޓެޑަކޫ ރާއްޖެ އަށް ތެޔޮ އެތެރެކުރާ ކުންފުންޏެކެވެ. އެނގިފައިވާ ގޮތުގައި މިތަކެތި އެ ކުންފުނީގެ ބޯޓެެއްގައި ގެނައި ގެނައުން އެ ކުންފުންޏާއި އެއްވެސް ގުޅުމެއް ނުވެއެވެ. މިކަން ކޮށްފައިވަނީ އެބޯޓްގައި މަސައްކަތް ކުރާ ބައެކެވެ.  

ރާއްޖެއަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމުން އަތުލައިގެންފައި މިވަނީ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަޖިލިހަށް ބިލެއް ހުށައަޅާފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް