ads
ވަޒީރު ހައިދަރު 4000 ފްލެޓްގެ މަސައްކަތް ހިނގާ ގޮތް ބަލާލަން ކުރި ޒިޔާރަތުގެ ތެރެއިން
4000 ފްލެޓް ލިސްޓް އާއްމުކުރާނީ އަންނަ މަހު
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން މިހާތަނަށް ބުނަމުން އައީ މި ލިސްޓް މި މަސް ނިމުމުގެ ކުރިން އާއްމުރާނެކަމަށެވެ. އަދި އެކަން މަސްނިމުމުގެ ކުރިން ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ހައިދަރު މިދިޔަ ހަފްތާގައިވެސް ވަނީ ދެއްވާފައެވެ. 

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 4000 ފްލެޓްފެ ލިސްޓް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ މަސައްކަތް ނިންމާލަން އަދު ވަގުތު ބޭނުންވާކަމަށެވެ. އެހެންކަމުން ލިސްޓް އާއްމުކުރެވޭނީ އަންނަމަހު ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. 

" މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާއްމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާނެ ވާހަކަ މައުލޫމާތައްޓަައި ދަންނަވަން." ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ހައުސިން މިނިސްޓްރިން ބުނީ 4000 ފްލެޓް ދިނުމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓް ހައުސިން އެޑްވައިޒަރީ ކޮމެޓީންނާއި އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި ހައުސިން ކޮންސަލްޓެޓިވް ކޮމެޓީން ބަލާ ލިސްޓެއް އެކުލަވާލިކަމަށެވެ. އެހެންނަމަވެސް އެ ދެ ކޮމެޓީންވެސް ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނަކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ސްކީމްގެ ދަށުން ހުށައަޅާފައިވާ ހުރިހާ ފޯމެއް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް