ads
ހައުސިން ކޮމެޓީއަށް ގެނައި ބަދަލާއެކު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުން ހެދި ކޮމެޓީން އެކުލަވާލި ލިސްޓްވެސް ކަމުނުދޭ : ހައުސިން
4000 ފެލްޓް ދިނުމަށް މިދިޔަ ސަރުކާރުން އާއްމުކުރި ލިސްޓް ބަލަން މި ސަރުކާރުން އެކުލަވާލި ލިސްޓްވެސް ކަމުނުދާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

4000 ފެލްޓްގެ ދާއިމީ ލިސްޓު މިމަސް ނިމުމުގެ ކުރިން އާއްމު ކުރާނެކަމަށް ބުނެފައި އޮތުމަށްފަހު ލިސްޓް އާއްމުކުރުން އަންނަ މަހަށް ފަސްކުރިކަމަށް ހައިސިން މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

މިދިޔަ ސަރުކާރުން އާއްމުކުރި ލިސްޓް ރިވިއުކުރުމަށް ރައީސް ޑރ. މުއިއްޒުގެ ލަފާފުޅުގެ މަތިން " ހައުސިން އެޑްވައިޒަރީ ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އުފެއްދިއެވެ. އަދި މިކަމުގައި މާލޭ ސިޓީ ކައުންސިލްގެ ރޯލެއް ބޭއްވުމަށް އެ ކައުންސިލުން ވަނީ' ހައުސިން ކޮންސަލްޓެޓިވް ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އުފައްދާފައެވެ. 

ހައިސިން މިނިސްޓްރީން ބުނީ މި ދެ ކޮމެޓީ ބައިވެރިވެގެން އެކުލަވާލި ފްލެޓް ލެިބޭ މީހުންގެ ލިސްޓް ރަނގަޅުކަމަށް ނުފެންނަކަމަށެވެ. އެހެންކަމުން މިނިސްޓްރީން އަލުން ހުރިހާ ފޯމެއް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

" ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު " ހައުސިން އެޑްވައިޒަރީ ކޮމެޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި " ހައުސިން ކޮންސަލްޓެޓިވް ކޮމެޓީ" އިންވެސް "ގެދޮރުވެރިޔާ" ސްކީމުން ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާނީ މި ސްކީމްގެ ދަށުން ހުށައަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް މި މިނިސްޓްރީން ވަނި ފަށާފައި." ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

 

ހައުސިން މިނިސްޓްރީން ބުނީ މި މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. އެހެންކަމުން ފްލެޓް ތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް ނެރެވޭނީ އަންނަ މަހުގެ ދެވަނަ ހަފްތާގައިކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް