މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި ޔަސީން ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަން ޔަސީން ހޯދީ ފައިނަލް ހީޓުގައި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ކުރި ހޯދައިގެންނެވެ.
ކަޔާން 16 އަހަރުން ދަށުގެ ޗެމްޕިއަން ހޯދީ ފައިނަލް ހީޓުގައި މިދިޔަ އަހަރު މި އުމުރުފުރާގެ ވެސް ޗެމްޕިއަންކަން ހޯދި ޔަސީންއާ ވާދަކޮށް ޖުމްލަ 11.33 ޕޮއިންޓް ހޯދައިގެންނެވެ. މިއަހަރުގެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އިނާން ހޯދާފައިވަނީ ފައިނަލުގައި ޔޫސުފް ކަޔާންއާ ވާދަކޮށް 10.17 ޕޮއިންޓް ހޯދައިގެންނެވެ.