މަނާ ބޭސް ބޭނުން ކުރުމުގެ ސަބަބުން މިހާރު ސަސްޕެންޝަނުގައި ހުރި ޕޮގްބާގެ ކޮންޓްރެކްޓް، ޔުވެންޓަސްއިންވަނީ އުވާލަން ނިންމާފައެވެ. ޕޮގްބާއަށް ސަސްޕެންޝަން ނިމި، އަންނަ މާރިޗު މަހު އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭއިރު، އޭނާ ކުޅޭނެ ކްލަބެއް އަދި ނުނިންމައެވެ.
ޕޮގްބާ ކުޅޭނެ ކްލަބެއް އަދި ނުނިންމައި ވަނިކޮށް، ރޮނާލްޑޯވަނީ އަލްނަސްރަށް އައުމުގެ ދައުވަތުގެ ޕޮގްބާއަށް ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕޮގްބާއާ ރޮނާލްޑޯވަނީ މީގެ ކުރިން އެކުގައި މެންޗެސްޓަރ ޔުނައިޓެޑުގައި ކުޅެފައެވެ.