ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށެވެ. އަދި އެމަނިކުފާނުގެ ގެކޮޅުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް ތުހުމަތުކުރެއްވި އެވެ.
ފަލާހު ވިދާޅުވީ ގައުމު އިގްތިސާދީ ގޮތުން އުނދަގޫ ހާލަތަކަށް މިއަދު ގޮސްފައި މިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. އަދި ރައީސް ޔާމީން ސަރުކާރުގައި ވަޒީފާއެއް އަދާކޮށްގެން މިއަދު އުޅުއްވާ މުއްސަނދި ދިރިއުޅުން ނޫޅެވޭނެ ކަމަށާއި، އެމަނިކުފާނު ހިންގަވާ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައި ނެތް އިރު މީރާއަށް ޓެކްސްއެއް ވެސް ނުދައްކާ ކަމަށް ފާހަގަކުރެއްވި އެވެ.