ads
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
އާ ކާރުތައް ގެނެސް ޓެކްސީގެ ހިދުމަތް ސަރުކާރުން ދޭން ފަށަނީ
ބްރޭންޑް ނިއު ކާރުތައް ގެެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާ އެކަން ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހިދުމަތް ދޭން ފަށާނީ މުޅިން އާ ކާރުތައް ގެނެސްގެނަކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި  ތަކެތި ޕާކުކުރަން ބިންތައް ކަނޑައަޅާ ކުރިޔަށް އޮތް 10 ވަރަކަށް ދުވަސްތެރޭ މިނިސްޓްރީއަށް ލިބޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ. 

"ބްރޭންޑް ނިއު އެއްޗެހި ގެނެސްފައި ރާއްޖޭގެ އެސްއޯއީއަކާ ހަވާލު ކުރަން މިއުޅެނީ. އެސްއޯއީއަކާ ހަވާލުކޮށްގެން މިކަންތައް ފަށަން މިހާރު ގޮސްފައި އޮތް ހިސާބަކީ މާލެ ސަރަހައްދުގައި ޕާކް ކުރާނެ ތަންތަނުގެ ކޮންސާންސްއާ އެކީގައި އަޅުގަނޑުމެން މިނިސްޓްރީއަށް ސަރުކާރުގެ ތެރެއިން މިހާރު ބިން ކަނޑައަޅާފައި ވަނީ މިކަމަށް" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިިނިސްޓަރު އަމީން ވަނީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ވިސްނަވާ ގޮތްވެސް ހާމަކުރައްވާފައެވެ. އެގޮތުން އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން ދެމުން އަންނަ ގޮތަށް އެ ކުންފުންޏަށް ކެޕިޓަލް އިންވެސްޓްމަންޓް ދީގެން ދިގު މުއްދަތަކަށް ހިދުމަތް ދިނުމަށް ހަވާލު ކުރެވިދާނެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށާނީ ޑްރައިވަރުންގެ ބާރު ނުހިނގާ ގޮތަށް ހުރިހާ ގަޑިއެއްގައި އެއްވެސް ދައްޗެއް ނެތި ހިދުމަތް ލިބޭނޭ ގޮތަށްކަމަށެވެ. އެގޮތުން ޑްރައިވަރަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަމަށައި ފައިސާ ނަގާނެ ވަރެއްވެސް ޑްރައިވަރަށް ނުނިންމޭނެކަމަށް އަމީން ވިދާޅުވިއެވެ.  

" ޑްރައިވަރުންގެ ބާރު ނުހިނގާ ގޮތަށް، ސިސްޓަމުން އެންގީމަ އެމީހަކު އެތަނަކަށް ގޮސްފައި އަދި ފައިސާގެ މުއާމަލާތް ވެސް ކުރަން ނުޖެހޭ ގޮތަށް ޑްރައިވަރުގެ ޑިޒިޝަނެއް ނެތި، ވާހަކައަކީ ޑްރައިވަރަކަށް ނުނިންމޭނެއޭ ތިމަންނަ މިވެނި ގަޑިއެއްގައޭ މަސައްކަތް ކުރާނީ. ޑްރައިވަރަކަށް ނުނިންމޭނެއޭ މިވެނި އަދަދަކަށޭ ފައިސާ ނަގާނީ ވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްސީގެ ހިދުމަތް ފަށާނީ ފަށާނީ 50 އިންސައްތަ ފުލްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އެކުކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ހިދުމަތް ދިނުމުގައި މަދުވެގެން 20 އިންސައްތަ ބޭނުންކުރާނީ އިލެކްޓްރިކް ވެެހިކަލްތައްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

24%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް