ads
އާރުޓީއެލް ފެރީގެ ޓިކެޓް އަގުތައް ބޮޑުކުރަން ޖެހޭ: އަމީން
އާރުޓީއެލް ފެރީގެ ހިދުމަތް ދެމެހެއްތެނި ގޮތަކަށް ދިގުމުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް މިހާރު ޓިެކެޓް ވިއްކާ އަގު ބޮޑު ކުރަން ޖެހޭ ކަމަށްޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.  

މިނިސްޓަރު އަމީން ވިދާޅުވީ އާރުޓީއެލް ހިދުމަތް އަގު ހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށެވެ. އަދި  އެގޮތަށް އެ ހިދުމަތް ދިގު މުއްދަތުގައި ކުރިއަށް ނުގެންދެވޭނެކަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ. 

އާރުޓީއެލްގެ ހިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު އެ ހިދުމަތް ދިނުމަށް 130 މިލިއަން ރުފިޔާ ހޭދަވިކަމަށާއި މިއަހަރު ނިމޭއިރު 280 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

އާރުޓީއެލް މިހާތު ހިންގާ މޮޑެލަކީ ދައުލަތަށް ކެތްވާނެ ގޮތެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދާގޮތަށް ދާނަމަ ދައުލަތުން  1 ބިލިއަން ރުފިޔާ ސަބްސިޑީސް އެކަމަށް ހޭދަކުރަން ޖެހޭނެކަމަށެވެ. 

"މަސައްކަތް ކުރަނީ ސަބްިސޑީ ލެވެލް %55 އަށް ކުޑަކޮށްފަ %45 އަށް ރިކަވަރީ ހަދަން. އެހެން ނޫނީ ސަސްޓެއިން ނުކުރެވޭނެ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ދޭ އަގުތައް ބަދަލުކުރަން މިހާރު އިކޮނޮމިކް ކައުންސިލަށް ހުށައަޅާފައިވާކަމަށެވެ. 

އާރުޓީއެލް ހިދުމަތް ފުޅާކުރުމަށް މިދިޔަ އެމްޑީޕީ ސަރުކާރުން އެކުލަވާލާފައި އޮތް ޕްލޭން ރަނގަޅު ކަންވެސް މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. އަދި އެ ޕްލޭނަށް ގެނައީ އެންމެ ބަދަލެއްކަމަށާއި އެ ބަދަލަކީ އެ ހިދުމަތް މުުޅި ރާއްޖެެއަށް ފުޅުކުރުމަށް 2027 ހިމަނާފައިވާ ހިމެނުން 2026ގެ ބަދަލުކުރުންކަމަށެވެ. 

ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. އެ އަތޮޅުގައި ހިދުމަތް ފެށުމުން 9 އަތޮޅުގައި މި ހިދުމަތް މިހާރު ލިބެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ. 

އެމްޓީސީސީން ބުނީ ބާކީ އޮތް 11 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް