އަބްދުއްރަހީމަކީ ހިތުގެ މައްސަލަތަކެއް ހުންނާތީ ޕޭސްމޭކާ އެއް ލައްވާފައި ހުންނަވާ ބޭފުޅެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މީގެކުރިން އެކި ފަހަރުމަތިން އަބްދުއްރަހީމް ވަނީ ހިތުގެ މައްސަލައިގައި ފަރުވާ ހޯއްދަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި ހުންނެވި އަހުމަދު ނިހާން ވިދާޅުވީ އަބްދުލްރަހީމަށް ދިމާވި ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން މިވަގުތު އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ.
އަބްދުލްރަހީމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިތުރު އޮބްޒަވޭޝަނަކަށް ކަމަށް ނިހާން ވިދާޅުވި އެވެ.
އަބްދުލްރަހީމް އަކީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ، ޕީއެންސީގެ ޗެއާޕާސަން ވެސް މެ އެވެ.