ads
އިއްޔެ އެކަނިވެސް 100 ވުރެ ގިނަ ބިދޭސީ ވިސާ ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނޭ
އިއްޔެ އެކަނިވެސް ހާހަކަށްވުރެ ގިނަ ބީދޭސީ ވިސާ ދޫކުރި
ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު އިތުރުވެފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
Advertisement

އެ އިދާރާއިން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކު ގަވައިދަށް ވަންނަމުން އަންނަ ބިދޭސީންގެ އަދަދުވެސް އިތިރުވަމުން އަންނަކަމަށެވެ. 

އިމިގްރޭޝަނުން ބުނީ އެ އިދާރާއާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 1069 ވޯކް ވިސާ ބިދޭސީންނަށް ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އިއްޔެއަކީ އިމިގްރޭޝަނުން ރެކޯޑު އަދަދަކަށް ވިސާ ދޫކޮށްފައިވާ ދުވަހެއްކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.  

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެމީހުން ގަވައިދަށް ފެއްތުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ. މިގތުން ކުރަނގީގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުުގެ ފުރުސަތު ހޯމް މިނިސްޓްރީން ވަނީދީފައެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 4000 ވުރެ ގިނަަ ބިދޭސީން ބަޔޮމެޓްރިކް ޑާޓާ ނަގައިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް