ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނާ ހިލާފު އެއްވެސް ކަމަކަށް ސަރުކާރުން ތަރުހީބު ނުދޭ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓާލުމަށް އެ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ.
މިސް ޔުނިވާސްގެ 73 ވަނަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ޓޮޕް މޮޑެލް މޯލްޑިވްސް 2022 ކާމިޔާބުކުރި 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. މި މުބާރާތް އޮންނާނީ އަންނަ މަހުގެ 14 އިން 16 އަށް މެކްސިކޯގައެވެ.
މި އަހަރުގެ މުބާރާތުގައި 130 ގައުމަކުން ބައިވެރިވާއިރު، ރާއްޖޭގެ އިތުރުން އެމިރޭޓްސް، ސޯމާލިއާ، ބެލަރޫސް، އިރާން އަދި އުޒްބަކިސްތާނަކީވެސް މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކެވެ.
ސަރުކާރުން މި މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅު އަޅާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. .