ads
މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމުސީލު ކުރާ މަރިޔަމް ޝައިނާ
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވާތީ ދީނީ އިލްމުވެރިންގެ ނުރުހުން
ރާއްޖެއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާ މަރިޔަމް ޝައިނާއަށް ދީނީ އިލްމުވެރިންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
Advertisement

މިގޮތުން ފާޑުކިޔާ މީހުން ބުނަނީ މިސް ޔުނިވާސް މުބާރާތަކީ "އަންހެނުން ބަރަހަނާކޮށް ދައްކާ" މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ވަނީ ފާޑުކިޔައިފަ އެވެ. ބައެއް އިލްމުވެރިން ވަނީ އެފަދަ މީހުންނަށް "ނަރަކަ ހައްގު" ކަމަށް ވެސް ބުނެފައެވެ. 

ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ 21 އަހަރުގެ ޝައިނާއަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދިޔަ ނަމަވެސް، ގިނަ ބަޔަކު ވަނީ އޭނާއަށް ތާއީދުކޮށް އެއްބާރުލުން ވެސް ދީފައިކަން ފާހަގަކޮށްލެވެއެވެ. 

ދިވެހި ސަރުކާރު ވެސް ދިވެއްސަކު މި މުބާރާތުގައި ބައިވެރިވުމާ ދެކޮޅު:

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސް ޔުނިވާސް މުބާރާތުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނާ ހިލާފު އެއްވެސް ކަމަކަށް ސަރުކާރުން ތަރުހީބު ނުދޭ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓާލުމަށް އެ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ.

"އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ އާއްމު އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަން،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިސް ޔުނިވާސްގެ 73 ވަނަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ޓޮޕް މޮޑެލް މޯލްޑިވްސް 2022 ކާމިޔާބުކުރި 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. މި މުބާރާތް އޮންނާނީ އަންނަ މަހުގެ 14 އިން 16 އަށް މެކްސިކޯގައެވެ.

މި އަހަރުގެ މުބާރާތުގައި 130 ގައުމަކުން ބައިވެރިވާއިރު، ރާއްޖޭގެ އިތުރުން އެމިރޭޓްސް، ސޯމާލިއާ، ބެލަރޫސް، އިރާން އަދި އުޒްބަކިސްތާނަކީވެސް މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކެވެ.

39%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް