ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް 100،000 ރުފިޔާއަށް ވުރެ މަތިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ބިލާއި، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ބިލު ހިމެނެއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މިހާރު ދިމާވެފައިވާ ހާލަތުން އިބުރަތް ހާސިލުކޮށް، ގާނޫނު އަސާސީއަށް ބަދަލު ގެނެސް، އެއްވެސް ސަރުކާރަކަށް ޑިމޮކްރެޓިކް އަސާސްތައް ނުރޫޅޭނެ ގޮތް ހެދުމަށް އެމްޑީޕީން މަސައްކަތް ފަށާނެ ކަމަށެވެ.