އިންޑިއާގެ މީޑިއާއަށް ސީމާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާރުގެ ގުޅުން އެހާ ފަސޭހައެއް ނޫން ކަމަށެވެ. އެއީ އޭނާގެ ދެ ދަރިންނާއި ވިކްރަމްގެ ދެ ދަރިންގެ އިހުސާސްތަކަށް ވިސްނަން ޖެހޭތީ ކަމަށް ސީމާ ބުންޏެވެ.
ސީމާ އާއި ސޮހެއިލް ވަރިވީ 24 އަހަރުގެ ކައިވެނި ބަދަހިކަމަކަށްފަހު 2022 ވަނަ އަހަރުގައެވެ. އެނގިފައިވާ ގޮތުގައި ސީމާ އާއި ވިކްރަމް ކުރިން އުޅުނީ އެކުގައެވެ. އަދި އެ ދެމީހުން މިހާރު ވަނީ އެންގޭޖު ވެސް ވެފައެވެ. 1998 ގައި ސީމާ ސޮހެއިލް އާ އެކު ގެއިން ފިލައިގެން ގޮސް ކައިވެނި ކުރިއެވެ.
ނެޓްފްލިކްސްގެ "ބޮލިވުޑް ވައިވްސް ވަރސަސް ފެބިއުލަސް ލައިވްސް" ޝޯގައި ފެންނަ ސީމާ ބުނެފައިވަނީ އޭނާގެ މިހާރުގެ ގުޅުން ލޯބީގެ ގުޅުން އޮތީ ގުދުރަތީ ގޮތެއްގައި ކަމަށެވެ.