ޔުނައިޓެޑާއި ނެދަލެންޑްސްގެ ކުރީގެ ފޯވާޑްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ކަރަބާއޯ ކަޕުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑު ކުޅޭ މި މެޗަކީ، ހެޑް ކޯޗު އެރިކް ޓެން ހޭގު މަގާމުން ވަކިކުރުމަށް ފަހު ކުޅޭ ފުރަތަމަ މެޗެވެ.
ވެން ނިސްޓެލްރޫއީ 2001 އިން 2006 އަށް ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކޮށް، ޕްރިމިއާ ލީގާއި އެފްއޭ ކަޕް، އީއެފްއެލް ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އެވެ. އޭނާ އެނބުރި އައީ މިދިޔަ ހޫނު މޫސުމުގައި ޓެން ހެގްގެ އެހީތެރިއެއްގެ ގޮތުގަ އެވެ.
"އެރިކްގެ އެސިސްޓެންޓެއްގެ ގޮތުގައި ހޫނު މޫސުމުގައި އެނބުރި އައިއިރު، އެއީ ކުޅުންތެރިއެއްގެ ގޮތުގައި މިތަނުގައި އަހަރެންނަށް އެނގޭ ފެންވަރަށް މެންޗެސްޓާ ޔުނައިޓެޑަށް އަރައިގަނެވޭނެ ކަމަށް ގަބޫލުކުރާތީ،" ލެސްޓާ މެޗުގެ ކުރިން ނިސްޓެލްރޫއީ ބުންޏެވެ.
2022 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހު ޕީއެސްވީ އައިންޑްހޯވެން ކޯޗުކޮށްދިން ވެން ނިސްޓެލްރޫއީ ބުނީ "ކުޅުންތެރިންނާއި ސްޓާފުންނާއި ސަޕޯޓަރުން އެއްކޮށް އެއް ދިމާލަކަށް ދަތުރު ކުރަން ފެށުމުން ޔުނައިޓެޑު ނުހިފެއްޓޭނެ ކަމަށެވެ.