ފުޓްބޯޅައިގެ ގިނަ ބަޔަކު އަންނަނީ، މިފަހަރުގެ މޮޅު ކުޅުންތެރިޔާއަކީ ވިނީޝަސް ކަމަށް ބުނަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގަިއ އެ އެވޯޑް ލިބުނު ސްޕެއިންގެ ރޮޑްރީއަކަށް އެ އެވޯޑް ހައްގެއް ނޫނެވެ.
ބްރެޒިލްގެ ފޯވާޑް ވިނިސިއަސް، 24، އަކީ ސްޕެއިންގެ ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރި ރެއާލް މެޑްރިޑަށް މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ވަނީ މިދިޔަ ޖުލައި މަހު އޭނާގެ ގައުމަށް ޔޫރޯ 2024 ކާމިޔާބުކޮށްދީ، ސިޓީއާއެކު ޕްރިމިއާ ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.
ބްރެޒިލްގެ ނިއުސް ކޮމެންޓޭޓަރުން މި ނިންމުމަކީ އަނިޔާވެރި އަދި ބަދަލު ހިފުމުގެ ފިޔަވަޅެއް ކަމަށް ސިފަކޮށްފައިވާއިރު، ބައެއް މީހުން ނިންމާފައި ވަނީ މިއީ އެވޯޑްގެ ތާރީހުގައި ވެސް އެންމެ ޚިޔާލުތަފާތުވުން ބޮޑު ނިންމުމެއް ކަމަށެވެ.
ގިނަ ބަޔަކު ބުނަމުން ދިޔައީ ރެއާލް މެޑްރިޑްގެ ކުޅުންތެރިޔާއަށް އެވޯޑް ނުލިބުނީ ސްޕެއިންގައި އޭނާއަށް ކުރިމަތިވެފައިވާ ނަސްލީ ތަފާތުކުރުންތަކާ މެދު އޭނާ ގެންގުޅުނު ސްޓޭންޑެއްގެ ސަބަބުން ކަމަށެވެ.