ލޭބާ މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ރަޖިސްޓްރީކުރި ފުރަތަމަ ޔޫނިއަނަކީ ޓީމް ކަމަށެވެ. މި ގާނޫނު ތަސްދީގުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.
ޓީމް އަކީ މީގެ ކުރިން ވެސް ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރަމުން އައި ޖަމިއްޔާއެކެވެ. އަދި މިހާރު އެ ޖަމިއްޔާ ވަނީ ރަސްމީ ޔޫނިއަނެއްގެ ގޮތުގައި ރަޖިސްޓްރީވެފަ އެވެ.
ލޭބާ މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ގާނޫނެއްކަމަށެވެ.