ads
މޫސުމީ ބަދަލުތަށް ހައްލު ކުރަން މެލޭޝިއާއާއި ގުޅިގެން މަސައްކަތް ކުރަނީ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި މެލޭޝިއާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ.
Advertisement

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ސީ.އޯ.ޕީ 16 ގެ ބައްދަލުވުމުގެ ހަވާސާގަ އެވެ.

މިއަދު ކޮލަމްބިއާގައި ކުރިއަށްދާ ސީ.އޯ.ޕީ 16 ގެ ބައްދަލުވުމުގެ ހަވާސާގައި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ މެލޭޝިއާގެ ގުދުރަތީ ވަސީލަތްތަކާއި ދެމެހެއްޓެނިވި ތިމާވެށީގެ މިނިސްޓަރު ނިކް ނަޒްމީއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން މަޝްވަރާކުރެއްވި މައިގަނޑު މައުލޫއަކީ ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުކުރެއްވުމެކެވެ. އަދި ދެ ގައުމުގެ މެދުގައި މި ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ތޯރިގް ވިދާޅުވި ކަަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.

ސީއޯޕީ 16 ގެ ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވޭ އެންމެ މުހިންމު ބައިނަލްއަގްވާމީ ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަނީ  މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް