އަންނަ އަހަރަށް ދައުލަތުން ހުށައަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީ މިދިޔަ އަހަރު ހުށައެޅި ދައުލަތުގެ ބަޖެޓަށްވުރެ 9 ބިލިއަން ބޮޑު ބަޖެޓެކެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓާރު މުސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބެޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާކަމަށެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ބަޖެތްގައި ދަރަނި ދެއްކުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކުންފުނިތަކަށް ކެޕިަޓަލް ދޫކުރުމަށް 378 މިލިއަން އަދި ލޯނު ދޫކުރުމަށް 3.2 ބިލިއަން ވަނީ ކަނޑައަޅާފައެވެ.
ޒަމީރު ވިދާޅުވީ ލޯން ދޫކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 1 ބިލިއަން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގެދޮވެރިކަމުގެ ލޯން ދޫކުރުމަށްކަމަށެވެ.
މިނިސްޓަރު ޒަމީރު 5 އިންސައްތަ އިންޓަރެސްޓްގައި ގެދޮރު ހެދުމަށް ގެދޮރުވެރިކަމުގެ ލޯން ދޫކުރުމަށް ބަޖެޓްގައި ހިމެނި 1 ބިލިއަން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ބޭނުންކޮށްގެން މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ފަހިވެގެންދާނެކަމަށެވެ.
މީގެ އިތުރުން 1.8 ބިލިއަން ރުފިޔާ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނޭކަމަށްވެސް މޫސާ ޒަމީރު ވިދާޅުވިއެވެ.