ކޮންމެ ރަށެއްގެ ރަށު ހިންގާ ކޮމެޓީ ހޮވުމަށް ނިންމާފައިވާއިރު ކޮމެޓީގައި ހިމެނޭނެ ފަރާތްތައް އެމްޑީޕީން މިއަދު ނެރުނު އިއުލާނުގައި ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެ ކޮމެޓީގައި ހިމެނޭނީ ދާއިރާގެ ރައީސް، ދާއިރާގެ ނައިބު ރައީސް، ރަށު ނައިބު ރައީސް، ޕާޓީ ޓިކެޓްގައި ހޮވިފައިވާ ރައްޔިތުން މަޖްލިސް މެންބަރު، ކައުންސިލް މެންބަރުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ކަމަށް އެމްޑީޕީން ބުނެއެވެ.
އެފަރާތްތައް ފިޔަވާ ރަށު ހިންގާ ކޮމެޓީއަށް އެރަށަކުން، ޝައުގުވެރިވާ މެންބަރުން، 12 ނޮވެމްބަރު ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޕާޓީގެ އިލެކްޝަންސް ކޮމިޓީގެ ނަންބަރު 7331637 ނުވަތަ އެދާއިރާގެ ދާއިރާ ރައީސްއަށް އައިޑީކާޑު ނަންބަރު ޖެހުމަށްފަހު އެސްއެމްއެސް އެއް ފޮނުވުމަށް އެމްޑީޕީން އިލްތިމާސްކުރެއެވެ.
އޭގެއިތުރުން އެއްރަށެއްގައި އެއް ދާއިރާއަށް ވުރެ ގިނަ ދާއިރާ ހިމެނޭ ނަމަ ކޮންމެ ދާއިރާއަކަށް ހިންގާ ކޮމެޓީ ހޮވަންވާނެ ކަަމަށްވެސް އެމްޑީޕީން ބުނެއެވެ.