ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އަންނަ އަހަރުގެ ބަޖެޓުން 11.5 ބިލިއަން ރުފިޔާ ސަލާމަތްކުރަނީ
ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި 2024 ވަނަ އަހަރުގެ ބަޖެޓުގައި، ފިސްކަލް އިސްލާހުތަކުގެ ތެރެއިން 11.5 ބިލިއަން ރުފިޔާ ސަލާމަތްކުރަން ނިންމައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރޭގައި މިހާރު ދެމުންދާ ސަބްސިޑީތައް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުމާއި އާސަންދަ ނިޒާމު އިސްލާހުކުރުން ހިމެނެ އެވެ. މީގެ އިތުރުން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ހިރާސްތައް ކުޑަކުރުމާއި ޕެންޝަން ނިޒާމަށް އަންނަ އިސްރާފުތައް ހުއްޓުވުމަށް ވެސް މަސައްކަތްކުރާނެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ހަރަދުތައް ކުޑަކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވެ އެވެ. މިގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހާއި، އެއަރޕޯޓް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެންނަނީ އާންމު ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ބަލައިގެންނެވެ. އަދި  ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެންނަނީ އާންމު ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ބަލައިގެންނެވެ. އަދި މި އިސްލާހުތަކާ އެކު އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނީ 9.4 ބިލިއަން ރުފިޔާގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހަރަދުތަކުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނައިފައިވާއިރު، އޭގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ސަރުކާރުން މި އަހަރު ވެސް ހަރަދު ކުޑަކުރުމަށް 2.5 ބިލިއަން ރުފިޔާގެ އިސްލާހުތަކެއް ގެންނަން އުޅުނު ނަމަވެސް، އެ އިސްލާހުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން އެ އަދަދު ބަޖެޓުން ކުޑަ ނުކުރެވުނު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން ލިބޭނެ ކަމަށް ބެލެވޭ 4.9 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް