މަރަޑޯނާގެ ޝަރަފުގައި ހަނދާނީ މަރުކަޒެއް ހުޅުވަން ނިންމިއިރު، މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ މަރަޑޯނާގެ ނަމުގައި ގާއިމް ކުރާ، ފައުންޑޭޝަނުންނެވެ.
އާޖެންޓީނާގެ ބުއަނެސް އައިރިސްގައި އަންނަ އަހަރު ހުޅުވަން ގަސްދުކުރާ މި މަރުކަޒަށް ކިޔާނީ "އެމްޓެން މެމޯރިއަލްއެވެ" މި މަރުކަޒު ހުންނާނީ، ޕުއެރްޓޯ މަޑެރޯގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ސަރަހައްދުގައެވެ. މެރަޑޯނާގެ ދަރިން އަންދާޒާ ކުރާ ގޮތުގައި އެމްޓެން މެމޯރިއަލްއަށް އަހަރަކު އެއް މިލިއަން މީހުން ޒިޔާރަތް ކުރާނެއެވެ.
މަރަޑޯނާ މަރުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އުމުރުން 60 އަހަރުގައެވެ.