މޫސާ އެމްއެމްސީއަށް ފޮނުވި ސިޓީއެއްގައި ބުނީ، އެމްއެމްސީގެ އެޑްވައިޒަރީ ކޮމިޓީއަކީ އެ ކައުންސިލުން ނެރޭ ބަޔާންތަކާއި އާންމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ކައުންސިލުގެ ރައީސަށް ލަފާދިނުމަށް އޮންނަ ކޮމިޓީއެއް ކަމަށެވެ.
ނަމަވެސް ނޮވެމްބަރު 1، 2024 ގައި ކައުންސިލުން ނެރުނު ބަޔާނަކީ އެ ކޮމިޓީގެ މަޝްވަރާއެއް ނެތި އަދި ބައެއް މެންބަރުންނަށް އެނގުމަކާ ނުލައި ނެރުނު ބަޔާނެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މޫސާ ބުނެފައިވަނީ، ކޮމިޓީގެ ލަފައެއް ނެތި ކައުންސިލުން ބަޔާން ނެރޭ ނަމަ އެފަދަ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން އެ ސަބަބަށްޓަކައި އިސްތިއުފާ ދޭން ނިންމި ކަމަށް އޭނާ ހާމަކުރިއެވެ
މ މައްސަލައާ ގުޅިގެން އެމްއެމްސީގެ ރައީސް މުސްތަފާ އަދި އިތުރު ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން މީޑިއާ ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީޑިއާ ކައުންސިލުގެ މިނިވަންކަމާއި ހަރުދަނާކަން ދެމެހެއްޓުމަށް ގޮވާލާފައިވެއެވެ.