ads
ފޮޓޯ: ހަސަން ލަތީފް
ކައުންސިލްތަކަށް %5 ނުފުދޭ، އިތުރުކުރަން ސަރުކާރުން ވިސްނަންޖެހޭ: ހަސަން ލަތީފް
ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ ކައުންސިލްތކަަށް ދޭ 5 އިންސައްތަ އެއީ ގާނޫނުގައި އޮތްގޮތްކަަމަށްވީނަމަ ވެސް އެއަށްވުރެ އިތުރު ކުރެވޭނެ ގޮތްތަކެެއް ސަރުކާރުން ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީގެ މަދުވެގެން %5 ކައުންސިލްތަކަށް ދޭންވާނެކަމަށް ކަނޑައަޅާފައި ވަނިކޮށް، ކަނޑައެޅިގެން ލާމަރުކާޒީ ގާނޫނާ ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވެފައި ވުމަކީ ދަ ޑިމޮކްރެޓްސް އިން ނުހަނު ކަންބޮޑުވެ ކުށްވެރިކުރާ ކަމެއްކަމަށް އެ ޕާޓީން ނެރުނު އިއުލާނުގައި ހާމަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ގާނޫނުގައި އޮތީ ކައުންސިލްތަކަށް އާމްދަނީގެ ގޮތުގައި ދޭ  5 ޕަސަންޓް ކަމަށްވީނަމަވެސް  ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ އެ ކޮންސެޕްޓް މިހާރަށްވުރެ ވެސް ފުޅާކުރަން ބޭނުންކުރަން ވަންޏާ  އެ އަދަދު މިހާރަށްވުރެ  އިތުރު ކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

"އެއްކަމަކަށް 2009 ިސާބުގަިއި ލާމަރުކަޒީއެއްގެ ވާހަކަ ދައްކައިގެން ގާނޫނު އަސާސީގައި ވޭ، އެހެންނަމަވެސް އިފެކްޓިވްލީ ކަމެއް ކުރަންފެށި ފަހުން އޭއިރު ރާއްޖޭގައި ކަންކަން ހުރި ގޮތާ މިހާރު ހުރިގޮތާ ވަަރަށް ތަފާތުވެއްޖެ ، މީހުންގެ އަދަދުވެސް ގިނަވެއްޖެ ، ކުރާ މަސައްކަތްވެސް ގިނަވެއްޖެ ، އަދި ތަރައްގީބޭނުންވާ ގޮތްވެސް، މިންވަރު އަދި ދެކޭ ގޮތްވެސް ތަފާތު ވެއްޖެ ، ވަަރަށް ބޮޑަށް ވަރަށް ހަލުވިކަމާއެކީގައި ކަންކަން ކުރަން ބޭނުންވާކަން މިހާރު އެބަ ފެނޭ" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭރު ރައްޔިތުން ދުށްގޮތާ މިހާރު ދެކޭގޮތާ ވަރަށް ތަފާތު ކަމަށް ވީއިރު  އޭގެ މާނައަކީ ވަރަށް ބައިވަރު މަސައްކަތް އެކި ސަރަހައްދުތަކުގައި ބާރުވެރިކަމާއެކީގައި ކައުންސިލްތަކަށް ކުރުމުގެ ފުރުސަތު ފުޅާކޮށްދޭން ޖެހޭ ކަން ކަމަށް ޑިމޮކްރެޓްސްގެ ރައީސް ވިދާޅުވިއެވެ. 

"އެއިން މި ރިފްލެކްޓް މިވަނީ ބަޖެޓަށް ، ލިބެން ޖެހޭ ފައިސާއާއި އެ ހުރިހާ ކަަމަކަށް ، ވަސީލަތްތަކަށް ކައުންސިލްތަކަށް" ހަސަން ލަތީފް ވިދާޅުވިއެވެ.

ރާއްޖެއަކީ މިހާރު އާބާދީގެ ނިސްބަތުން ބަލާއިރު، އާބާދީއަށް ބާލާއިރު 5 ލައްކަ އެތައް ބަޔަކު އުޅޭ ތަނެއްކަަމަށް ވިޔަސް ވެސް ރާއްޖޭގައި ދިރިއުޅޭ އަދަދަކީ އެއަށްވުރެ މާބޮޑު އަދަދެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގައި ތިބި މީހުންނާ ހުރިހާ އެންމެން ލާގެން ގާތްގަނޑަކަށް މިލިއަންއަކަށް ގާތްކުރާކަމަށާއި އެހެންވީމާ ހިދުމަތާ އެހުރިހާ ކަމަކަށް ބަލާއިރު ވަރަށް ބައިވަރު މަސައްކަތްކުރަން ޖެހޭ ކަަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ހިދުމަތާ އެހުރިހާ ކަަމަކަށް ބަލާއިރު ވަރަށް ބައިވަރި މަސައްކަތް ކުރަންޖެހޭ ސަރުކާރުގެ މައި، މާލޭގެ އޮފީހެއްގެ ޑެސްކަކުން ކުރަން ޖެހޭ މަސައްކަތަށް ވުރެ މާބޮޑުތަން އިތުރުވާން ޖެހޭ އެ މަސައްކަތްވެސް އެހެންގޮތަކަށް ދަންނަވަންޏާ ރަށްރަށުގެ ކައުންސިލްތަކަށް އެބާރު ލިބިދީފަ ، ކައުންސިލްތަކުން ކުރެވޭ މަސައްކަތް އިތުރު ކުރަންޖެހޭ ހަގީގީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފައިސާ ލިއްބާދޭން ބޭނުންވަންޏާ" ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އިން ނެރުނު އިއުލާނުގައި މައިގަނޑުގޮތެއްގައި ވަނީ ސަރުކާރުން ބަޖެޓް ކަނޑައެޅުމުގައި ގާނޫނާ ހިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލުން އެ ޕާޓީން އިން ކުށްވެރިކުރާ ކަމުގެ ވާހަކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް