މި ހިނގާ ނޮވެމްބަރު މަހު، ލިތުއޭނިއާގައި އޮތް މުބާރާތުން އެލީ ހޯދާފައިވަނީ ދެ ލޯ މެޑަލްއެވެ. އެލީ ދެ ލޯ މެޑަލް ހޯދާފައި ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުންނެވެ. ޑަބަލްސް އިވެންޓުގައި އެލީގެ ޕެއާ ޕާޓްނަރަކީ ޔޫކްރެއިންގެ އެމާ ކަރަޓަނޯވާ އެވެ. ޑަބަލްސް ސެމީ ފައިނަލް މެޗުގައި ލައިބާ އަދި އެމާގެ ޕެއާ ބަލިވެފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ.
މިކްސް ޑަބަލްސް އިވެންޓުގައި އެލީގެ ޕެއާ ޕާޓްނަރަކީ އެސްޓޯނިއާގެ އަލްފްރެޑް ޕާވް އެވެ. އެ މެޗުގައި ލައިބާގެ ޕެއާ އިން ވާދަކޮށްފައި ވަނީ ލަޓްވިއާ އަދި ޔޫކްރެއިންގެ ޕެއާ އަކާ އެވެ.
މި މުބާރާތުގައި ލިތުއޭނިއާގެ އިތުރުން، ލަޓްވިއާ، ޕޮލެންޑު، އެސްޓޯނިއާ އަދި ޔޫކްރެއިންގެ ޓޮޕް ކުޅުންތެރިން ވާދަކުރި އެވެ.