ads
އިންޑިއާ ސިފައިން ނޮވެމްބަރު 3 ގެ ޓެރަރިސްޓުން ހައްޔަރު ކުރަނީ
ނޮވެމްބަރު 3 ގައި ރައީސް މައުމޫނު އިންޑިއާގެ އެހީއަށް އެދިވަޑައިގަތް ގޮތް ހާމަކުރައްވައިފި
ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ވަގުތު، އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ އެހީއަށް އެދިވަޑައިގަތް ގޮތް ހާމަކުރައްވައިފިއެވެ.
Advertisement

މި މައުލޫމާތު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ހާމަކުރައްވަމުން ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ހަމަލާގެ ހަބަރު ލިބުމާއެކު އެމަނިކުފާނު ވަގުތުން އިންޑިއާގެ އަސްކަރީ އެހީއަށް އެދިވަޑައިގަތެވެ. 

"ވަގުތުން ފޯނުކޮށް ހާލަތު ކިޔައިދީ އިންޑިއާގެ އަސްކަރީ އެހީއަށް އެދުނީ. މައުނަވީ އެހީއެއް ނޫން. އިންޑިއާގެ ސިފައިން ބޭނުންވާކަމަށް އެދުނީ," އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއިން ވަރަށް އަވަހަށް އިޖާބަދިން ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. "ވަގުތުން ފިޔަވަޅު އަޅައި، އެދުވަހުގެރޭ ބޭރުގެ އެހީ ރާއްޖެއާހަމައަށް ލިބިއްޖެ," އެމަނިކުފާނު ވިދާޅުވިއެވެ.

މި ހާދިސާއަކީ ރާއްޖެއާއި ބޭރު ދުނިޔެއާ އޮތް ގުޅުމާއި ރާއްޖޭގެ އޭރުގެ ހާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ހާދިސާއެއް ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭރު ގައުމުތައް ތައްޔާރަށް ތިބިކަން މި ހާދިސާއިން ހާމަވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ 8 މީހުންނާއި އާންމުންގެ 11 މީހުން ޝަހީދުވިއެވެ. މި ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި އަސްކަރިއްޔާއާއި ރައްޔިތުން ދެއްކެވި ނަމޫނާއާއި ކުރެއްވި ހިތްވަރު ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް