އެކުވެރި ގައުމުތަކުގެ އެހީގައި ސިފައިންގެ ހުރިހާ މަރުކަޒެއް އަންނަ އަހަރު ހަދާނަން: ރައީސް
މުހައްމަދު އާދަމް އަހްމަދު
03 ނޮވެންބަރ 2024 - 22:55:44
ރާއްޖޭގައި އެކި ހިސާބުތަކުގައި ހުރި ސިފައިންގެ ހުރިހާ މަރުކަޒުތައް އަންނަ އަަހަރު ހަދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނަސްތުގެ ދުވަހުގެ މުބާސަބަތުތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ފަހަކަށް އައިސް ނުބެލެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައި ހުރިކަމަށެވެ. އެތަން ތަން ހެދުމަށް އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރު އެދިފައިވާނެކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުިއއްޒު ވިދާޅުވީ އަންނަ އަހަރު އެތަންތަން ހައްދަވާނެކަމަށެވެ.
" [ސިފައިންގެ މަރުކަޒުތައް] މި ވޭތުވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި އަމްދުން ނުބެލެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ވީރާނާ ވާން ފަށާފައި. އެތަންތަންވެސް އިރާދަކުރެއްވީތީ އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފައި. އެކަންކަން މި އަންނަ އަހަރުގެ ތެރޭގައި، މި ދެންނެވި ހުރިހާ މަރުކަޒުތައް ހެދިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސިފައިންގެ ތަމްތީނުތަކަށް ބޭނުންކުރާ ގިރިފުށީގެ ޖާގަ އިތުރުކުރުމަށް އެރަށު ފަޅު ހިއްކާ ބަނދަރު ހަދާ ބޭނުންވާ ފެސިލިޓީޒް އެތަނުގައި ގާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.
" ގިރިފުށީގެ ފަޅުގެތެރޭ ހިއްކެން އެބައޮތް. ގާތްގަޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. އޭރުން ވަރަށް ޖާގަ ބޮޑުވާނެ . މި 13 ހެކްޓަރު ހިއްކާ ޝޯ ޕްރޮޓްކެޝަން ވަށާ ޖަހާފައި.އަދި ބޭނުންވާ ބަންދަރު ހެދުމަކީ މި އަންނަ އަހަރުގެ ތެރޭގައި ކުރާނެކަމެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް