އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުުޅުވާ ގޮތަށް ސިފައިގެން ހިދުމަތް ފުޅާކޮށް ކުރިއަރުވަން އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ބޭނުންވާކަމަށެވެ. އެހެންކަމުން ކުރިޔަށް މި އޮތް ހަތަރު އަހަރުގެ ތެރޭގައި 400 މީހުން ސިފައިންގެއަށް ވައްދާނެކަމަށް ވިދާޅުވުއެވެ. އަދި ފުލުހުންގެ ހިދުމަތާއި 1000 މީހުން ގުޅިގެންދާނެކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސްކޫލް ނިންމުމަށްފަހު ވަޒީފާ ނުލިބި އަދި މަތީ ތައުލީމަށް ނުދެވި އެތައްކުދިންނެއް މަގުމަތީގައި ގިނަވެގެން އުޅެމުން އަންނަކަމަށެވެ. އަދި މިކަމުގެ ސަބބުން އެކުދިންނާއި އެކުދިންގެ އާއިލާތަކަށް ބުރައަކަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނޭޝަނަލް ސާވިސް ޕްރޮގްރާމެއް އަންނަ އަހަރު ފައްޓަވާނެކަމަށެވެ. އެގޮތުން ރަނގަޅު ނަތީޖާ ނުލިބޭ އަދަި ވަޒީފާ ނުލިބޭ ކުދިން 16 އަހަރުވުމުން މި ޕްރޮގްރާމުގައި ބައިވެރިވާންޖެހޭނެކަަމަށެވެ. އަދި މި ޕްރިގްރާމް ގެންދަނީ ގާނޫނު ހަދާ އޭގެ ދަށުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމް ހިންގުމަށް ބަޖެޓުގައި މިއަހަރުވެސް 400 މިލިއަން ރުފިޔާ ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާލުވީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް އެ ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.